ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ޙިތާނީ ކޭމްޕް “2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ހިތާނީ ކޭމްޕް ގައި ބައެވެރިވުމަށް ހުޅުވާލައިފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ޙިތާނީ ކޭމްޕް ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނ...

16 Apr 2024 | 08:22

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ހިތާނީ ކޭމްޕް ގައި ބައެވެރިވުމަށް ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މި ޙިތާނީ ކޭމްޕް ގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ  މިއަދުން ފެށިގެން 15 މެއި 2024 ގެ ނިޔަލަށެވެ.

"މި ކޭމްޕުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރުން، ޑރ. ހުސެއިން ހަދިޔެވް، ޑރ. އުކްތަމް އަބްދުއްލާޔެވެ، ޑރ. މަޢުމޫން އާސިމް، ޑރ. އިބްރާހިމް މުޢުމިން، ޑރ. މުހައްމަދު ޝަރީފް، ޑރ. އަބްދުﷲ އުބައިދުގެ އިތުރުން، ކުޑަކަމުދާ ނިޒާމުގެ ޙާއްސަ ޑޮކްޓަރ، ޑރ. މެހްމެތު އޮޑަރ ހިމެނިވަޑައިގަންނަވާ" ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި ފުރުސަތާއި ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިން އޮފިސަރ، އާދިލް މޫސާ ވިދާޅުވީ ކުރީގެ ޙިތާނީ ކޭމްޕްތަކަށް ލިބުނު ފަދަ ބޮޑު ތަރުހީބެއް މިފަހަރުވެސް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށާއި މި ކޭމްޕް ކުރިއަށް ގެންދާއިރު ކުދިންނަށާއި މައިންބަފައިނަށް ހިތްހަމަޖެހޭ މާޙައުލެއް އޮތުމަކީ އެ ހޮސްޕިޓަލުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.

"މިގޮތުން އެހެން އަހަރުތަކެކޭ އެއްފަދައިން މި ޙިތާނީ ކޭމްޕަށް ޙާއްސަ ޑޮކްޓަރުންގެ ޓީމެއްވެސް މިވަނީ އެކުލަވާލާފައި" އޭނާ ވިދާޅުވިއެވެ.

ޙިތާނީ ޕެކޭޖުގެ އަގަކީ 5000ރ އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށާއި ޕްރައިވެޓް ކޮޓަރިތަކަށް ޙާއްސަ އަގުތަކެއް ހަމަޖެހިފައިވާކަމަށާއި ޙިތާނީ ކޭމްޕްގައި ބައިވެރިވުމަށް އަދި އިތުރު މަޢުލޫމާތު ހޯދުމަށް 3351610 އަށް ގުޅުއްވާލަދެއްވުން އެ ހޮސްޕިޓަލުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް