ޓެލެގްރާމްގައި "ޖަޒީރާ" ނަމުގައި ޗެނަލެއް ހަދައިގެން ހަށިވިއްކުމާއި އެފަދަ އެތައް ނޭއްގާނީ އަމަލެއް ހިންގި އިރު ހަށިވިއްކުމަށް އަންހެން ކުދިން އުފުލުމުގައި ހަރަކާތްތެރިވި ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފިއެވެ.
މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ޖަޒީރާ ޓެލެގްރާމް ޗެނަލް މައްސަލައިގާ އިތުރު މީހަކު މިދިޔަ މަހުގެ 30ގައި ހައްޔަރުކޮށްފައިވާނެކަމަށާއި އެއީ އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށެވެ.
"އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސްވަނީ ދީފައި، އަދި ދެވަނަ މުއްދަތަށްވެސް 15 ދުވަސް ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ކުރިން ބުނެފައިވާގޮތުގައި ހަށިވިއްކުމާއި މަސްތުވާތަކެތި ވިއްކުމުގައި އެފަދަ ޗެނަލްތަކެއް ހިންގާކަން ފުލުހުންގެ ސަމާލުކަމަށް އައިސް ޖަޒީރާ ޗެނަލް ފުލުހުންގެ ކޮންޓްރޯލް ދަށަށް ގެންގޮސްފައިވާއިރު އެ ޗެނަލުގައި ހަތް ހާހަށްވުރެ ގިނަ ފޮލޯވަރުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް