ކޮކާ ކޯލާ ކުންފުނީގެ ރާއްޖެ އަދި ސްރީ ލަންކާ ޑިރެކްޓަރުގެ މަޤާމަށް ކޯޝަލީ ކުސުމްޕަލާ އައްޔަނުކޮށްފިއެވެ.
ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްކޮށްފައިވާގޮތުގައި މިއީ ކޮކާ ކޯލާ ކުންފުނިން ރާއްޖެ އަދި ލަންކާގެ ޑިރެކްޓަރުގެ މަޤާމަށް އަންހެނަކު އައްޔަނުކުރި ފުރަތަމަ ފަހަރެވެ.
ކޯޝަލީ ކުސުމްޕަލާއަކީ 2009 ވަނަ އަހަރުން ފެށިގެން ބައެއް ބޮޑެތި ކުންފުނިތަކުގެ މަތީ މަޤާމުތައް ފުރަމުން އަންނަ ފަރާތެކެވެ. އެގޮތުން ލިއޯ ބާނެޓް، ފޮންޓެރާ ޑެއިރީ އަދި ޑޯމިނޯސް ޕިއްޒާ ފަދަ ކުންފުނިތަކުގައި އިސް މަޤާމުތައް ކޯޝަލީ އަދާކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް