އިންޑިއާއިން ރާއްޖެއަށް އަސާސީ މުދާ ބޭރުކުރެވޭނެ ބަނދަރުތަކުގެ އަދަދު ލިމިޓްކޮށްފައިވާކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
އެގޮތުން އިންޑިއާ ޓައިމްސްގެ އިކޮނޮމިކް ޓައިމްސްގައި ބުނެފައިވާގޮތުގައި އިއްޔެއިން ފެށިގެން އިންޑިއާއިން ރާއްޖެއަށް މުދާ ބޭރުކުރެވޭނެ ހަތަރު ޕޯޓެއް ވަނީ ކަނޑައަޅާފައެވެ. އެއީ މުންޑްރާ ސީ ޕޯޓް، ޓުޓިކޮރިން ބަނދަރު، ނަވާ ސެވާ ސީ ޕޯޓް އަދި ތުގްލަކަބާދް އައިސީޑީ ޕޯޓެވެ.
މި ބަދަލު އިންޑިއާއިން ގެނެސްފައިވަނީ އެގައުމުން އަމަލުކުރަމުން އަންނަ ފޮރިން ޓްރޭޑް އެގްރީމަންޓް އެކްޓް 1992 އަށް ރިއާޔަތްކޮށް ކަމުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި ޕޯޓް މި މޭރުމުން ލިމިޓްކޮށްފައިމިވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައިކަންވެސް އިންޑިއާ މީޑިއާއިން ސިފަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް