ދުވަހުގެ މޫސުން: ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިހެން ބުނެފައިވަނީ ...

16 Apr 2024 | 02:27

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިހެން ބުނެފައިވަނީ އެ ސާވިސް އިން އާއްމުކޮށްފައިވާ މިއަދުގެ މޫސުމީ ބުލެޓިންގައެވެ.

މިއަދުގެ އިރުއޮއްސުމާއިހަމައަށް މޫސުން ލަފާކޮށް އާއްމުކޮށްފައިވާ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.

ވިއްސާރަނަމަވެސް ކަނޑުތައް މަޑުވާނެކަމަށް މެޓުން ބުނެއެވެ. އެހެންނަމަވެސް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުން މޫސުމަސް ސަމާލުވެލެއްވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް