ރޮޒޭ، ވައްޑެއަށް: ޑިމޮކްރެޓިކް ޕާޓީއަކަށް އެމްޑީޕީ މި ވީ އަދި ކިރިޔާ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޑިމޮކްރެޓިކް ޕާޓީއަކަށް މި ވީ އަދި ކިރިޔާ ކަމުގައި ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫމީދޫ ދާއިރާ ތަމްސީލުކުރައްވަމުންގެ...

16 Apr 2023 | 15:53

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޑިމޮކްރެޓިކް ޕާޓީއަކަށް މި ވީ އަދި ކިރިޔާ ކަމުގައި ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫމީދޫ ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ ރޮޒޭ މިހެން ވިދާޅުވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް ދެއްވި ރައްދެއްގައެވެ.

އިއްޔެ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނާއި ގުޅޭގޮތުން ވައްޑޭ ޓްވިޓާގައި ވިދާޅުވީ އެމްޑީޕީއަކީ ސިޔާސަތު ވިއްކައިގެން ވޯޓު ހޯދާ ޕާޓީއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ފައިސާ އާއި ސަރުކާރުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވޯޓު ހޯދާ ޕާޓީއަކަށް ބަދަލުކޮށްލުމަކީ ވެރިކަމުގައި ނެތް ދުވަހަކުން ވަރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ. އެއީ މާ މޮޅު ކަމެއް ނޫން ކަމަށެވެ.

ވައްޑޭގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ރޮޒޭ ވިދާޅުވެފައިވަނީ އެމްޑީޕީ ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީއަކަށް ބަދަލުވީ އަދި ކިރިޔާ ކަމަށެވެ.

"ދެން ތި ގެންގުޅޭ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިއްސަ މިއޮތީ، ސަރުކާރުގެ ވަސީލަތްތައް މިއަދު ޕީޕީޕީގެ ނަމަކު ނުބަހާނެ، ރައްޔިތުންނަށް ހިދުމަތް ކުރަން ބޭނުން ކުރާނީ، ހަޖަމުކޮށްލާ" ރޮޒޭ ވިދާޅުވެފައިވެއެވެ.

ރޮޒޭއާއި ވައްޑޭއާއި ދެމެދު ހޫނު ބަހުސެއް ގޮސްފައިވާއިރު އިއްޔެގެ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝާޒް ވަނީ ކާމިޔާބު ކުރައްވާފައެވެ.

ރާއްޖޭގައި ޕާޓީ ސިސްޓަމް ފެށި ފާއިތުވި ފަނަރަ ވަރަކަށް އަހަރު ދުވަހު ގުރައިދޫ ދާއިރާ އޮތީ ޕީޕީއެމްގެ ދާއިރާއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އެކަން ބަދަލުވެ އެމްޑީޕީން އިއްޔެ ވަނީ އެ ދާއިރާ ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް