މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ޓީމުތަކާއިމެދު ފުރިހަމަ ޔަގީންކަން އެބަ އޮތްކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ހަމީދު ވިދާޅުވެފައިވަނީ ނައީމާގެ މަރުގެ ފަހަތުގައިވާ ފަރާތްތައް ހޯދުމަށް ފުލުހުންގެ އޮފިޝަރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އިންވެސްޓިގޭޓަރުންނާ ފޮރެންސިކްސް އޮފިސަރުންނާ އަދި ފުލުހުންގެ ޓީމާއިމެދު ފުރިހަމަ އިތުބާރާއި ޔަގީންކަން އެބަ އޮތް" ސީޕީ ވިދާޅުވެފައިވެއެވެ.
ސީޕީ އިތުރަށް ވިދާޅުވެފައިވަނީ މިއަދު އަދުހަމްގެ މައްޗަށް އިއްވުނު މަރުގެ ހުކުމަކީ އެކަމުގެ މިސާލެއް ކަމަށާއި ހާއްސަ ގޮތެއްގައި ލީޑް އިންވެސްޓިގޭޓަރ ސަބް އިންސްޕެކްޓަރ މޫސާ އިރުފާންގެ މަސައްކަތް ގާސިމްގެ މަރުގެ މައްސަލައިގާ ފާހަގަކޮށްލެވޭ ކަމަށެވެ. އަދި އެ އޮފިޝަރަށް މަރުހަބާ ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް