އަލިފުށީ މަގުތަކުގައި ތާރު އަޅަން އާރްޑީސީ އަށް

ރ. އަލިފުށީ މަގުތަކުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ. މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް އާރްޑީސީއާއި ހަވާލުކޮށްފައި...

16 Apr 2023 | 10:04

ރ. އަލިފުށީ މަގުތަކުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.

މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓް އާރްޑީސީއާއި ހަވާލުކޮށްފައިވާއިރު މި ޕްރޮޖެކްޓަކީ 90،956،112.97 (90.9 މިލިޔަން ރުފިޔާ)ގެ މަޝްރޫއުއެކެވެ.

މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 540 ދުވަސް (އެއް އަހަރާއި ފަސް މަސް) ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން އަލިފުށީގެ 3.8 ކިލޯމީޓަރު މަގުގައި ތާރު އަޅާނެއެވެ. މަގުތަކުގައި ފެން ހިންދާ ނިޒާމު ހަރުކުރުމުގެ އިތުރުން މަގުބައްތި ޖެހުން މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް