"އެންމެ މާތް މައްސަރު" މި ނަމުގައި މައުމޫން ފައުންޑޭޝަންގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ އިސްލާމީ މަރުކަޒުގައި

"އެންމެ މާތް މައްސަރު" މި ނަމުގައި މައުމޫން ފައުންޑޭޝަންގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައި ބާއްވަން އެ ފައުންޑޭޝަނުން ނިންމައިފިއެވެ. އެގޮތުން އެ ފައުންޑޭޝަނުން ބުނ...

16 Apr 2023 | 09:51

"އެންމެ މާތް މައްސަރު" މި ނަމުގައި މައުމޫން ފައުންޑޭޝަންގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައި ބާއްވަން އެ ފައުންޑޭޝަނުން ނިންމައިފިއެވެ.

އެގޮތުން އެ ފައުންޑޭޝަނުން ބުނެފައިވަނީ މި ޖަލްސާއަކީ މައުމޫން ފައުންޑޭޝަނާއި "އިސްލާމީ އެހީތެރިކަމުގެ ގުޅުން" ގުޅިގެން "އެންމެ މާތް މައްސަރު" ބާއްވާ ވަރަށް ހާއްސަ ޖަލްސާއެއް ކަމަށެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ބަރަކާތްތެރި ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށްވާ 2023 އޭޕްރީލް 17 ވާ ހޯމަ ދުވަހުގެ ރޭ 9:45ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމުގައި އެ ފައުންޑޭޝަނުން ބުނެއެވެ.

މި ޖަލްސާގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި މައުމޫން ފައުންޑޭޝަންގެ ޗެއަރމަން، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވާހަކަފުޅު ދައްކަވާނެކަމުގައިވެސް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް