އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ޕާކިސްތާނުގެ މުހިންމު ބައިލެޓަރަލް ސަޕޯޓެއް ލިބިފައިވާކަން ކަށަވަރުކޮށްދިނުމުން އެކަމަށް "މަރުހަބާ" ކިޔާފައެވެ.
އަދި މިކަމުގެ ސަބަބުން ބެއިލްއައުޓް ފައިނޭންސިން އަލުން ހަމަޖެހި، ލަސްވެފައިވާ 9 ވަނަ ރިވިއުގެ ދަށުން 7 ބިލިއަން ޑޮލަރުގެ ލޯން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ޕާކިސްތާނުގެ ފިނޭންސް މިނިސްޓްރީއިން މިކަމާ ބެހޭ ގޮތުން ބުނިގޮތުގައި ހަމަ މިދުވަހު އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ، އައިސީބީސީއިން ޕާކިސްތާނަށް ދިނުމަށް ހަމަޖެހިފައިވާ 1.3 ބިލިއަން ޑޮލަރުގެ ލޯންގެ ތިން ވަނަ އަދި އެންމެ ފަހު އިންސްޓޯލްމަންޓްގެ ދަށުން 300 މިލިއަން ޑޯލަރު ސްޓޭޓް ބޭންކް އޮފް ޕާކިސްތާނަށް ދޭނެ ކަމަށެވެ.
ޕާކިސްތާނުގައި ހުންނަވާ އައިއެމްއެފްގެ މިޝަން ޗީފް ނޭތަން ޕޯޓަރ ވިދާުވީ، “ދާދިފަހުން ޕާކިސްތާނަށް މުހިންމު ބައިލެޓަރަލް ޕާޓްނަރުންގެ ފަރާތުން މުހިންމު މާލީ އެހީތެރިކަމެއް ދިނުމަށް އިއުލާން ކުރުމުން އަޅުގަނޑުމެން އެކަމަށް މަރުހަބާ ކިޔާ” ކަމަށެވެ.
"ޕާކިސްތާނުގެ ވަފުދާއި އައިއެމްއެފްގެ މުވައްޒަފުންނާއި މެނޭޖްމަންޓާ ދެމެދު ބޭއްވި ބައްދަލުވުންތަކުގައި، ހަރުދަނާ ސިޔާސަތުތަކެއް ދަމަހައްޓައި، ކަމާބެހޭ ފަރާތްތަކުން ތަންފީޒު ކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް އެކަށީގެންވާ ފައިނޭންސިން ހޯދުމުގެ ބޭނުންތެރިކަމާ މެދު އެއްބަސްވުމެއް އޮތް،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް