އިންދިރާ ގާންދީގެ ގާތިލުގެ ކޮއްކޮގެ މައްޗަށް ނިއުޒިލޭންޑުގައި މަސްތުވާތަކެތި ވިއްކުމުގެ ދައުވާ

ނިއުޒީލެންޑްގެ އޯކްލެންޑްގައި ދާދި ފަހުން ފެންމަތިވި މަސްތުވާތަކެތިގެ މައްސަލައިގެ ތަހުގީގުން ހާމަވި ގޮތުގައި މި މައްސަލައިގައި މަސްތުވާތަކެތި ވިއްކުމުގެ ދައުވާގައި ބަންދުކޮށްފައިވާ ޝައްކު ކުރެވޭ މީހަ...

16 Apr 2023 | 09:19

ނިއުޒީލެންޑްގެ އޯކްލެންޑްގައި ދާދި ފަހުން ފެންމަތިވި މަސްތުވާތަކެތިގެ މައްސަލައިގެ ތަހުގީގުން ހާމަވި ގޮތުގައި މި މައްސަލައިގައި މަސްތުވާތަކެތި ވިއްކުމުގެ ދައުވާގައި ބަންދުކޮށްފައިވާ ޝައްކު ކުރެވޭ މީހަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ އަވަހާރަކޮށްލި މީހާގެ ގާތް މީހެކެވެ.

މިގޮތުން ނިއުޒީލެންޑް ޕޮލިހުން ވަނީ މިއަހަރުގެ މާޗް މަހު ސައުތު އޯކްލެންޑްގެ ސަބަރބް މަނޫކާއުގެ ލޯކަލް ޕްރޮޕަޓީއަކަށް ރެއިޑްޖަހާ ހިންގި އޮޕަރޭޝަނެއްގައި ޑްރަގްސް ލޭސްކޮށްފައި ހުރި ބިއަރު ދަޅުތަކަކާއި، ކޮންބޫޗާ  ފުޅިތަކެއް ސީޒްކޮށްފައެވެ.

މި ރެއިޑްގައި މަސްތުވާތަކެތި ޖަހާފައިވާ ބިޔަރު ދަޅުތަކުގެ ޕެލެޓްތަކުގެ ތެރެއިން ކޮމްބޫޗާ ފުޅިތަކެއް އަތުލައިގެންފަ އެވެ.

އެގޮތުން އޮފިސަރުންނަށް ބިޔަރު ދަޅުތަކުގައި ފޮރުވާފައި ހުރި 328 ކިލޯގެ މެތަމްފެޓަމިން ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިމައްސަލައިގައި ފުލުހުން ކުރި ތަހުޤީޤުގެ ތެރެއިން ސަތުވަންތު ސިންގްގެ ކޮއްކޮއެއް ކަމަށްވާ ބަލްޓޭޖް ސިންގް ހައްޔަރުކޮށްފައިވެ އެވެ.

އޮޕަރޭޝަން ބްލޫސްޓާ އަށް ފަހު 1984 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސަތުވަންތު ސިންގް އާއި އޭނާގެ އެކުވެރި ބޮޑީގާޑް ބިއަންޓް ސިންގް އިންދިރާ ގާންދީ އަވަހާރަކޮށްލި އެވެ. ސަތުވަންތު ސިންގްގެ ބޭބެ އާއި އޭނާގެ އާއިލާ ވަނީ 1980 ގެ އަހަރުތަކުގައި ނިއުޒީލެންޑަށް ބަދަލުވެ، އޯކްލެންޑްގައި ކުޑަ ގްރޮސެރީ ފިހާރައެއް ގާއިމްކޮށްފަ އެވެ.

މަސްދަރުތަކުން ބުނީ ބަލްޓޭޖް ސިންގް އަކީ ނިއުޒީލެންޑުގައި އިންތިޒާމްކުރާ އިންޑިއާއާ ދެކޮޅު އަދި ޚާލިސްތާނަށް ތާއީދުކުރާ މުޒާހަރާތަކުގެ ޕްރައިމަރީ މާސްޓަރމައިންޑްތަކާއި ފަންޑް ރެއިޒަރުންގެ ތެރެއިން އެކަކު ކަމަށް އެނގިފައިވާ ކަމަށެވެ.

ބަލްޓޭޖް ސިންގް މިހާރު ޖަލުގައި ހުރިއިރު މަސްތުވާތަކެތި ވިއްކުމުގެ ކުށުގެ ޝަރީއަތް ކުރިއަށް އެބަދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް