އިޙްޔާ ފޯރަމްގައި މިރޭ ތަޤްރީރުކުރައްވާނީ ޑރ. އަނާރާ ނަޢީމް، އަދި ޢާއިޝާ ޚަލީލާ ޢަބްދުއްސައްތާރު

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 15ވަނަ ފޯރަމް، 16 އޭޕްރިލް 2023ވާ އާދިއްތަ ދުވަހުގެ ރޭ، (މިރޭ) އޮންނާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮ...

16 Apr 2023 | 07:38

1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 15ވަނަ ފޯރަމް، 16 އޭޕްރިލް 2023ވާ އާދިއްތަ ދުވަހުގެ ރޭ، (މިރޭ) އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި މި ފޯރަމްގައި ތަޤްރީރުކުރައްވާނީ ޑރ. އަނާރާ ނަޢީމް އަދި އަލްއުސްތާޛާ ޢާއިޝާ ޚަލީލާ ޢަބްދުއްސަތާރެވެ.

މިރޭގެ މައުޟޫޢަކީ ”މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” މި މައުޟޫއެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްވަނީ ހުރިހާ އުމުރުފުރާތަކަށް ހުޅުވާލެވިފައެވެ.

މި ފޯރަމްގައިވެސް ގުރުއަތުން ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ރިޔާޟުއްޞާލިޙީން އަދި ފިޤުޙުއްސުންނާގެ ފޮތްބައި ލިބޭނެއެވެ.

މި ފޯރަމަށްފަހު، މިއަހަރު ބާއްވާ އިޙްޔާ ފޯރަމްތަކުގެ އެންމެ ފަހު ފޯރަމް އޮންނާނީ މި ހަފްތާގެ ބުދަ ދުވަހު ( 19 އެޕްރިލް 2023)ގައެވެ.

ބުދަ ދުވަހުގެރޭ އޮންނަ ފޯރަމްގައި މާލޭގައި ބޭއްވި ހުރިހާ އިޙްޔާ ފޯރަމްތަކުގެ ގުރުއަތުން، 1ވަނަ، 2ވަނަ އަދި 3 ވަނައަށް ހޮވޭ ފަރާތްތައް އިޢުލާންކުރުން އޮންނާނެއެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކުގެތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3 ވަނައަށް ސޯފާސެޓެއް ދިނުމަށްވަނީ ހަމަޖެހިފައިވާކަމުގައި މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް