ކުރިއަށް އޮތް 2023-2024 ދިރާސީ އާ އަހަރަށް މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށް ކުދިން ވެއްދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ކުރީ އަހަރެކޭވެސް އެއްފަދައިން މިކަމަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިން ފޯމެއް މެދުވެރިކޮށެވެ.
ފޯމުގެ ލިންކު: https://myoffice.moe.gov.mv/forms/id/2
މި ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފައިވަނީ މާލޭ ސަރަހައްދުގެ ސަރުކާރުގެ ސްކޫލުތަކުގެ އެހެން ގްރޭޑްތަކުގެ ޖާގަ ހޯދުމަށް ފޯމު ހުށަހެޅުން ހުޅުވާލާނީ 22 ޖޫންއިން ފެށިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް