ގާސިމްގެ މަރުގެ މައްސަލައިގާ އަދުހަމް މަރަން ހުކުމްކޮށްފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގާ އަދުހަމް މުހައްމަދު މެރުމަށް ހުކުމް ކޮށްފިއެވެ. ކްރިމިނަލް ކޯޓުން މިއަދު މި ހުކުމްކޮށްފައިވަނީ ހުޅުމާލޭގައި ރަހުމްކުޑަކޮށް ގާސިމް މަރާލި މައްސަލައ...

16 Apr 2023 | 06:20

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލައިގާ އަދުހަމް މުހައްމަދު މެރުމަށް ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު މި ހުކުމްކޮށްފައިވަނީ ހުޅުމާލޭގައި ރަހުމްކުޑަކޮށް ގާސިމް މަރާލި މައްސަލައިގާ ގަސްތުގައި މީހަކު މެރުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެފައިވާއިރު ވާރިސުންގެ ހެކިބަސް ނެގުމަށްފަހުގައެވެ.

ގާސިމްގެ މަރުގެ މައްސަލައިގާ ގާސިމްގެ ހުރިހާ ވާރިސުންވެސް ބޭނުންވީ މަރަށް މަރު ހިފުމަށެވެ.

އދ. މާމިގިލީ ކަނީރުމާގޭ ގާސިމް ހަސަނަކީ މާލޭގައި ޓެކްސީ ކުރުމުގައި އުޅުނު ފަރާތެކެވެ. އުމުރުން 59 އަހަރުގެ ގާސިމް ޒަޚަމްތަކަކާއެކު އޮއްވާ ފެނުނީ ހުޅުމާލޭ ހާފްވޭ ހައުސް ކައިރި ސަރަހައްދަކުންނެވެ. އެ ހާދިސާ ހިނގާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ގާސިމް މަރުވީ ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ހޮސްޕިޓަލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް