ކުޅުދުއްފުށި ސިޓީގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު 22 އޭޕްރީލް އާއި ހަމައަށް

ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ރިކުއެސްޓް އާއި އެކު ރެޖިސްޓަރވުމުގެ ފުރުޞަތު 22 އޭޕްރީލް 2023 އާއި ހަމައަށް އުރީދޫ މޯލްޑިވްސް އިން ...

16 Apr 2023 | 05:20

ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ފަން ރަންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ރިކުއެސްޓް އާއި އެކު ރެޖިސްޓަރވުމުގެ ފުރުޞަތު 22 އޭޕްރީލް 2023 އާއި ހަމައަށް އުރީދޫ މޯލްޑިވްސް އިން މިއަދު ހުޅުވާލައިފިއެވެ.

މި ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާރސް ޕްލެޓްފޯމް މޫލީ http://ore.do/funrunkit މެދުވެރިކޮށެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމުގައި އުރީދޫއިން ބުނެއެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ދުވުމަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ ދެ ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓް އަދި ފަން ކިޓް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 5 މޭ 2023 ގައި ކުޅުދުއްފުށި ސިޓީގައެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވައެވެ.

މި ދުވުމުގައި ބައިވެރިވުމަށް http://ore.do/funrunkit މެދުވެރިކޮށް  ރެޖިސްޓަރ ކުރައްވާށެވެ.

ދުވުމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އުރީދޫ މޯލްޑިވްސް ގެ ސޯޝަލް މީޑިޔާ ޕޭޖްތަކަށް ޒިޔާރަތްކޮށްލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް