އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް ޝަޒް ކާމިޔާބު ކުރީ މިލިއަނުން ފައިސާ ބަހައިގެން ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފި އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ޝާޒް ކާމިޔާބު ކުރެއްވީ1،346 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާއަށް ލިބުނީ1،226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓު އަލީ އާރިފަށް ލިބުނީ122 ވޯޓެވެ.
އިލެކްޝަނުން ވަގުތީ ނަތީޖާ އިއުލާނު ކުރުމާއި އެކު އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ނަތީޖާ ނެރުނި ނުފޫޒު ފޯރުވައި، އެތައް މިލިއަނެއް ބަހައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ގުރައިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއަށް ރާއްޖޭގެ އެންމެނަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށް، ޕީޕީއެމްއިން2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
އިއްޔެ ބޭއްވި އިންތިހާބަކީ އެމްޑީޕީއަށް ތާރީހީ މޮޅެކެވެ. މިހާތަނަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބިފައި ނުވާއިރު މިއީ ކ. އަތޮޅުގެ ގޮނޑިއެއް އެޕާޓީއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް