މިރޭ ހުޅުމާލޭގައި ކާރަކާއި ބައިސްކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ ޕޮލިސް ފްލެޓް ސަރަަހައްދުގައި ޓެކްސީއަކާއި ބެޓެރީ ބައިސްކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 09:20 ހާއިރު ކަަމަށެވެ.
"އެކްސިޑެންޓްގައި ބެޓެރީ ބައިސްކަލު ދުއްވަން އިން ބިދޭސީ ފިރިހެން މީހާއަށް އަނިޔާވެެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން، ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ހޮސްޕިޓަލުން ބުނޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އެކްސިޑެންޓްގައި ޓެކްސީގައި ތިބި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކަށް އަދި އުމުރުން ދުވަސްވީ އަންހެނަކަށްވެސް އެކިވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް