މިއީ ނުރައްކާތެރި މީހެއް، ފުލުހުން އެދެނީ ފެނުނަސް ކުރިމަތިނުލާ 119 އަށް ރިޕޯޓްކުރުމަށް

މިއަދު ހަވީރު ހުުޅުމާލޭގެ ރެސްޓޯރެންޓެއްގައި ވަޅިއަކުން ހަމަލާދީ ބިދޭސީއަކު މަރާލުމަށްފަހު ފިލައިގެން އުޅޭ ބިދޭސީމީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ. ފިލައިގެން އުޅޭ މީހާގެ ފޮޓޯއާއެކު ފުލުހުން ބުނ...

16 Apr 2022 | 17:02

މިއަދު ހަވީރު ހުުޅުމާލޭގެ ރެސްޓޯރެންޓެއްގައި ވަޅިއަކުން ހަމަލާދީ ބިދޭސީއަކު މަރާލުމަށްފަހު ފިލައިގެން އުޅޭ ބިދޭސީމީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.

ފިލައިގެން އުޅޭ މީހާގެ ފޮޓޯއާއެކު ފުލުހުން ބުނެފައިވަނީ އެއީ އުމުރުން 26 އަހަރުގެ މުހައްމަދު އާބިދު ނަމަކަށްކިޔާ މީހެއް ކަމަށާއި އެއީ ވަރަށް ނުރައްކާތެރި މީހެއް ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެމީހާ ފެނިއްޖެނަމަ ކުރިމަތިނުލުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. ފުލުހުން ބުނެފައިވަނީ އެމީހާ ފެނިއްޖެނަމަ ކުރިމަތިނުލައި 119 އަށް ގުޅާ ރިޕޯޓްކުރުމަށެވެ.

https://twitter.com/PoliceMv/status/1515356017001111554

މިއަދު ހަވީރު ވަޅިން ހަމަލާދީ މަރާލާފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ޝަމީމް ނަމަކަށް ކިޔާ މީހެކެވެ. ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ޝަމީމަށް ހަމަލާދިނުމަށްފަހު އާބިދު ފިލީކަމަށް މައުލޫމާތު ލިބެއެވެ. މަރުވި މީހާގެ ކަރަށާއި ބުރަކައްޓަށް އެތައް ފަހަރަކު ވަޅި ހަރާފައިވާކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް