އޯޓިޒަމް ހުންނަ ކުދިންނަށް ހާއްސަކޮށް ޓްރީ ޓޮޕުން 20 ހިދުމަތެއް ދޭ

އޯޓިޒަމް ހުންނަ ކުދިންނަށް ހާއްސަކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުން18 ހިދުމަތެއް ދޭކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ. އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމެކެވެ. އޭގ...

16 Apr 2022 | 15:34

އޯޓިޒަމް ހުންނަ ކުދިންނަށް ހާއްސަކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުން18 ހިދުމަތެއް ދޭކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޯޓިޒަމް އަކީ ކުއްޖާ ހެދިބޮޑުވަމުން އަންނައިރު ދިމާވާ ދާއިމީ ނުކުޅެދުންތެރިކަމެކެވެ. އޭގެ ސަބަބުން ކުއްޖާ މީހުންނާ މުވާސަލާތު ކުރުމުގައާއި އުޅުމުގައި ވަރަށް ބޮޑު ތަފާތު ތަކެއް ހުރެއެވެ.

އޯޓިޒަމް މެދުވެރިވާ ސީދާ  ސަބަބެއް ހޯދިފައެއް ނުވެއެވެ. ނިއުރޯސައިންސްގެ ދާއިރާގެ ދިރާސާތަކުން ފެންނަ ގޮތުގައި އޯޓިޒަމްގެ އަލާމާތްތަކާއި ނާރުގެ ނިޒާމާއި ގުޅުންހުންނަކަން ޔަގީންވެއެވެ.

މިހެންވެ އޯޓިޒަމް ހުންނަ ކުދިންނަށް ފަރުވާ ދޭން ޖެހޭ މިންވަރު ތަފާތުވެ، ބައެއް ކުދިންނަށް ގިނަވެ އަނެއް ބައި ކުދިންނަށް މާބޮޑު ފަރުވާއެއް ދޭން ނުޖެހިވެސް ދެ އެވެ. ނަތީޖާއެއްގެ ގޮތުން އެކި ކުދިންނަށް ލުއިލިބޭ މިންވަރު ތަފާތުވެ އެވެ.

އޯޓިޒަމް ހުންނަކުދިންނަށް ފަރުވާދޭ މީހުން އުޅޭ ހާއްސަ ދާއިރާތިކުގެތެރޭގައި ހިމެނޭނީ ޕީޑިއަޓްރިޝަން ނުވަތަ ކުޑަކުދިންގެ ޑަކްޓަރ، އޮކިއުޕޭޝަން ތެރަޕިސްޓްސް، ސްޕީޗް ތެރަޕިސްޓްސް، ފިޒިއޯތެރަޕިސްޓްސް، ސައިކޮލަޖިސްޓް، ހާއްސަ އެހީ ޓީޗަރުން އަދި ބިހެއިވިއޮރަލް ތެރަޕިސްޓުންނެވެ.

މި ދާއިރާތަކުގެ ތެއިން ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ވަކިވަކި ހިދުމަތް ތަކަކީ

  • ސެންސޮރީ އިންޓިގްރޭޝަން ތެރަޕީ
  • އާއްމު ދިރުއުޅުމުގެ ހަރަކާތްތަކުގެ ތަމްރީނުކުރުން
  • ޕްލޭ ތެރަޕީ
  • އިޖްތިމާއީ ހުނަރުތަކަށް ތަމްރީނުކުރުން
  • ކޮގްނިޓިވް ބިހެއިވިއޮރަލް ތެރަޕީ
  • ސްކޫލް-ބޭސްޑް އިންޓަރވެންޝަންސް
  • ރެކްރިއޭޝަނަލް އަދި ވޮކޭޝަނަލް ރީހެބިލިޓޭޝަން
  • މޮޓޮރ ސްކިލްސް ޓްރެއިނިންގ(ގޮރޮސް މޮޓޮރ ފަންކްޝަންސް، މަސަލް ސްޓްރެންތެނިންގ،ގޭޓް އަދި އެންޑިއުރަންސް ޓްރެއިނިންގ)
  • ފައިން މޮޓަރ ސްކީލްސް (ލިޔުން)
  • ސަމާލުކަން ދިނުން އަޑުއެހުމުގެ ހުނަރުތައް
  • ޑިވެލޮޕްމެންޓް އޮފް ޕްލޭ ސްކިލްސް
  • މޯޓިވޭޝަން ޓު ކޮމިއުނިކޭޓް
  • ސޯޝަލް އަންޑަރސްޓޭންޑިންގ
  • އަންޑަރސްޓޭންޑިންގ އޮފް ލެންގުއެޖް
  • އެކްސްޕްރެސިވް ކޮމިއުނިކޭޝަން ސްކިލްސް
  • ސޯޝަލް ސްކިލްސް
  • ނޮން-ވަރބަލް ކޮމިއުނިކޭޝަން
  • ކޮންވަރސޭޝަނަލް ސްކިލްސް
  • ކޮންސެޕްޓް ސްކިލްސް
  • ކޮމިއިނިކޭޓިވ ޑިވައިސަސް
  • އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީއެ ހޮސްޕިޓަލުން ބުނީ އޮކިއުޕޭޝަނަލް ތެރަޕީގެ މަގްސަދަކީ މުޖްތަމައުގައި އެކަނި އުޅުމުގެ މިނިވަންކަން މަގުފަހިކޮށްދިނުމަށާއި، ކޮންމެ ދުވަހަކު ގޭގައި، ސްކޫލުގައި، މަސައްކަތު މާހައުލުގައި ދިމާވާ ދަތިތައް ކުޑަކޮށްދިނުން ކަމަށެވެ. ޓްރި ޓޮޕުން ފޯރުކޮށްދޭ ސްޕީޗް ތެރަޕީ ޕްރޮގްރާމް ފެށޭނީ ސްޕީޗް ޕެތޮލޮޖިސްޓް (އެސް.އެލް.ޕީ) ކުއްޖާގެ ވާހަކަދެއްކުމުގެ ފެންވަރު ބެލުމަށް އެކި ޓެސްޓުހެދުމަށްފަހުއެވެ. މި ޓެސްޓުގެ ނަތީޖާއަށް ބިނާކޮށް  ތެރަޕީއަށް އެކުއްޖަކަށް ހާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާނެއެވެ. ހާސިލްކުރާނެ އާއްމު ކަންތައްތަކުގެ ތެރޭގައި، ވާހަކަދެއްކުން ރަނގަޅުކުރުން، ނޮން ވަރބަލް ސްކިލްސް ސައިން ލެންގުއޭޖް ނުވަތަ ތަސްވީރުން ނޫނީ ޓެކްނޮލޮޖީގެ ޒަރައްޔާއިން މުއާމަލާތް ކުރުމަށް ދަސްކޮށްދިނުން ހިމެނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ރޭވަފައިވާނީ ކުއްޖާ އެންމެ ފުރިހަމަކޮށް ދެނެގަނެ، އާއިލާގެ ބޭނުންތަކާއި ލަނޑުދަނޑިތައް ހިމަނައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް