މިރޭ އިރުއޮއްސުނު ހާއިރު ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ވަޅިން ހަމަލާދީ މީހަކު މަރާލާފައިވާއިރު އެ ހަމަލާދިން މީހާ ފިލާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހަަމަލާ ދީފައިވަނީ ހުޅުމާލޭގައި ހުންނަ ޚާންޖީ މޯލްޑިވްސް ރެސްޓޯރެންޓްގައެވެ. ވަޅިން ހަމަލާ ދިނުމުގެ ސަބަބުން މަރުވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ޝަމީމް ނަމަކަށްކިޔާ، އެ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ވޭޓަރެކެވެ.
ހަމަލާގައި ޝަމީމް މަރުވެފައިވާއިރު އެ ހަމަލާ ދީފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ، އެ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ޝެފެކެވެ. އެ ޝެފްގެ ނަން ދުވަހަށް ސާފުވެފައެއް ނުވެއެވެ. ނަަމަވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން އަދި އެ ރެސްޓޯރެންޓަށް ނިސްބަތްވާ މީހަކު ދުވަހަށް މައުލޫމާތުދެމުން ބުނީ ހަމަލާ ދިނުމަށްފަހު ޝެފް ފިލާފައިވާކަމަށެވެ.
ޝެފް ފިލާފައިވާކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
https://twitter.com/dhuvasmv/status/1515326384041779202
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް