ރައީސް ސޯލިހަށް ޝަރުތަކާ ނުލާ ދެވަނަ ދައުރަކަށް ޓިކެޓް ދޭން ޖެހޭ: ދޮންބެ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެއްވެސް ޝަރުތަކާ ނުލާ ރައީސް ކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހ...

16 Apr 2022 | 09:30

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެއްވެސް ޝަރުތަކާ ނުލާ ރައީސް ކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ ރަޝީދު) ވިދާޅުވެއްޖެއެވެ.

މުހައްމަދު ރަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް، ޏ. ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ހަފްލާއެއްގައެވެ.

ރަޝީދު ވިދާޅުވީ އެމެރިކާގެ ރިޕަބްލިކަން ޕާޓީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިން ފަދައިން ރައީސް ޞާލިހަށްވެސް ރިޔާސީ ނިޒާމެއްގައި ޕްރައިމަރީއަކާ ނުލާ އިންތިހާބަށް ވާދަކުރަން ޓިކެޓް ދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައީސް ޞާލިހަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭން ޖެހޭނެ ސަބަބެއްކަމަށް ރަޝީދު ވިދާޅުވީ ރާއްޖެ އަށް ކުރިމަތިވި ކޯވިޑްގެ ހާލަތު ރައީސް ޞާލިހު މެނޭޖްކުރެއްވި ގޮތް ބައްލަވާފައިކަމަށެވެ.

ދެވަނަ ދައުރަކަށް ކުރިމަތި ލައްވާނެކަން ރައީސް ޞާލިހު އިއުލާނު ނުކުރެއްވި ނަމަވެސް ބައެއް މެންބަރުންނާއި މިނިސްޓަރުން ވަނީ އެ މަނިކުފާނު ދެވަނަ ދައުރުގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ގޮވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް