ދިގު ޗުއްޓީ ނަގަން ބުނި ބާރްތީ ވިހޭތާ 12 ދުވަސް ފަހުން މަސައްކަތަށް!

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއާން ބާރްތީ ސިންގް، ވިހޭތާ12 ދުވަސް ފަހުން މަސައްކަތަށް ނުކުމެއްޖެ އެވެ. ބާރްތީ އާއި ފިރިމީހާ އަދި ލިޔުންތެރިޔާ ހަރްޝް ލިންބަޗިއާ އަށް ފުރަތަމަ ދަރިފުޅު ލިބުނީ މިމަހ...

16 Apr 2022 | 09:06

އިންޑިއާގެ މަޝްހޫރު އަންހެން ކޮމީޑިއާން ބާރްތީ ސިންގް، ވިހޭތާ12 ދުވަސް ފަހުން މަސައްކަތަށް ނުކުމެއްޖެ އެވެ.

ބާރްތީ އާއި ފިރިމީހާ އަދި ލިޔުންތެރިޔާ ހަރްޝް ލިންބަޗިއާ އަށް ފުރަތަމަ ދަރިފުޅު ލިބުނީ މިމަހުގެ ތިން ވަނަ ދުވަހު އެވެ. ލިބުނީ ފިރިހެން ދަރިއެއް ދެމީހުން ރަސްމީކޮށް އިއުލާނު ކުރި އެވެ.

ބަނޑަސް ފަސް މަހުގައި ބަލިވެ އިންކަން އިއުލާނުކޮށް ބާރްތީ ބުނެފައިވަނީ އޭނާ ވިހެއުމުގެ ފަހު ވަގުތާއި ޖެހެންދެންވެސް ޝޯތަކުގައި މަސައްކަތް ކުރެވޭތޯ ބަލާނެ ކަމަށެވެ. އެގޮތަށް އޭނާ އަމަލު ކޮށްފައިވާއިރު އެ ދުވަހު ދެއްކި ވާހަކަ އާއި އަމަލާ ދިމާ ނުވީ ވިހައިގެން ނަގަން ބުނި ދިގު ޗުއްޓީ ނުނަގާ މަސައްކަތަށް ނުކުތުމެވެ.

12 ދުވަސް ފަހުން މަސައްކަތަށް ނުކުމެ އޭނާ މީޑިއާގައި ބުނީ ގެއިން ނުކުމެގެން ސެޓަށް ދިޔައީ ދަރިފުޅު ގޭގައި ބާއްވާފައި އެހާ އަވަހަށް މަސައްކަތަށް ނުކުންނަން ޖެހޭތީ ރޮމުން ކަމަށެވެ. އެކަމަކު ކުރިން ހަދާފައިވާ އެއްބަސްވުންތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭތީ މަސައްކަތަށް ނުކުންނަން މަޖުބޫރުވީ ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް މީހުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެފަދަ މީހުން ބުނީ ދަރިފުޅު ގޭގައި ބަހައްޓާފައި ނުހުންނަން އަދި އަވަސް ކަމަށެވެ. އަދި އެފަދަ އެއްބަސްވުންތައް ޝޯތަކާއި އެކު ހެދި އިރު ޗުއްޓީގެ ކަންކަން ހަމަޖައްސަން ވާނީ ދަރިފުޅަށް ވަގުތުދީގެން ކުރިޔަށް ދާގޮތަށް ކަމަށް ބުނެފައިވެ އެވެ.

އަނެއް ބަޔަކަށް ބާރްތީ އަވަހަށް މަސައްކަތަށް ނުކުތުންވީ ވަރަށް މޮޅު ކަމަށެވެ. އަންހެނުންގެ ކެރުމާއި ކުޅަދާނަކަން ފެނިގެންދާ ކަމަށް ބުނެފައިވެ އެވެ.

ބާރްތީ މަސައްކަތް ކުރަނީ ކަލާޒްގެ “ހުނަރް ބާޒް- ދޭޝް ކީ ޝާން” ގައި އެވެ.

ބާރްތީ އާއި ހަރްޝް ކައިވެނި ކުރީ 2017 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް