ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ގެނެސްދޭނެ

އަންނަ ހަފްތާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ގެނެސްދޭން ފަށަން ނިންމައިފި އެވެ. މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި، އަންނަ ހޯމަ ދުވަހުގެ ޖ...

16 Apr 2022 | 08:41

އަންނަ ހަފްތާއިން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ގެނެސްދޭން ފަށަން ނިންމައިފި އެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި، އަންނަ ހޯމަ ދުވަހުގެ ޖަލްސާއިން ފެށިގެން ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ އެ ބަހުރުވައިން މަޖިލީހުގެ ޖަލްސާތައް ކިޔައިދޭނެ ކަމަށެވެ.

ޒިޔާއު ވަނީ މަޖިލީހުގެ މީޑިއާ ޓީމަށް ފަޒްނީއަށް މަރުހަބާ ކިޔާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑަށް އިޝާރާތުގެ ބަހުރުވައިން ކިޔައިދޭން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް އެ ފަދަ މީހުން މީގެ ކުރިން ގެނެސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް