ރޯދަމަހު ދުވާލު ކައިގެން ހައްޔަރުކުރި ދެ ފިރިހެނުން ދޫކޮށްލައިފި

މި ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން ރޯދަ މަހު ދުވާލު ގަޑީގައި އާންމު ތަނެއްގައި ކައިބޮއި ހަދައިގެން މާލޭން ހައްޔަރުކުރި ދެ މީހަކު ޝަރުތުތަކަކާއެކީ ދޫކޮށްލައިފި އެވެ. މި މައްސަލައިގައި ހައްޔަރުކުރީ...

16 Apr 2022 | 08:16

މި ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން ރޯދަ މަހު ދުވާލު ގަޑީގައި އާންމު ތަނެއްގައި ކައިބޮއި ހަދައިގެން މާލޭން ހައްޔަރުކުރި ދެ މީހަކު ޝަރުތުތަކަކާއެކީ ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 39 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނެކެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ދެ މީހުން ވެސް ވަނީ ރޯދަ ދޫކޮށްލައި އާންމު ތަނެއްގައި ކައިބޮއި ހެދި ކަމަށް ކޯޓުގައި އިއުތިރާފުވެފަ އެވެ.

ދެ މީހުން ވެސް ކޯޓުގައި ބުނީ އެ މީހުން ދުވާލު ގަޑީގައި ކެއީ ބަލިވެއުޅޭތީ ކަމަށެވެ.

މި ދެ މީހުންގެ ފަރާތުން ވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ސަބަބެއް ނެތް ކަމަށް ބުރަވެވޭތީ ކޯޓުން ވަނީ ދެ މީހުން ވެސް ޝަރުތުރުކޮށް ދޫކޮށްލައިފަ އެވެ.

މީގެ ކުރިން ރޯދަ މަހު ދުވާލު ކައިގެން ބައެއް މީހުންނަށް ޖަލު ހުކުމް އިއްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް