ބުރިޖުގެ މަސައްކަތަށް ވިލިމާލެ ދެކުނު ފަރާތުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ތިލަމާލޭ ބުރިޖުގެ މަސައްކަތުގެ ފެންސުޖެހުމުގެ މަސައްކަތަށް ވިލިމާލޭ ދެކުނު ފަރާތުގެ އެއްގަމާއި އަދި ފަޅުތެރޭ އަޅާފައި ހުރި އުޅަނދު ފަހަރު ނެގުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. މާލޭ ސިޓީ ...

16 Apr 2022 | 07:08

ތިލަމާލޭ ބުރިޖުގެ މަސައްކަތުގެ ފެންސުޖެހުމުގެ މަސައްކަތަށް ވިލިމާލޭ ދެކުނު ފަރާތުގެ އެއްގަމާއި އަދި ފަޅުތެރޭ އަޅާފައި ހުރި އުޅަނދު ފަހަރު ނެގުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބުރިޖުގެ މަސައްކަތް ކުރުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި، އެހެން ކަމުން ވިލިމާލޭގެ ދެކުނު ފަރާތުގެ އެއްގައުމުގައި ހުރި އުޅަނދު ތަކާއި، ފަޅުގައި ހުރި އުޅަނދުތައް އެ އުޅަނދުތަކުގެ ވެރިފަރާތުން އެހެން ތަނަކަށް ބަދަލުކުރުމަށެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ، އުޅަނދުތައް ނެގުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ މިއަންނަ އަންގާރަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ކަމަށެވެ.

އޭގެ ފަހުން އެ ސަރަހައްދުގައި އުޅަނދުތައް ހުރެއްޖެނަމަ އެ ކައުންސިލުން އެ އުޅަނދުތައް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ބަދަލު ކުރާނެ ކަމަށެވެ.

އަދި މިގޮތަށް އުޅަނދުތައް ބަދަލުކު ކުރާއިރު، އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކަށް އެކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް