ޕޮލިސް ކޮލެޖުގައި ކަރެކްޝަނަލް އޮފިސަރުންވެސް ތަމްރީނުކުރަނީ

އައްޑޫ ޕޮލިސް ކޮލެޖްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތަމްރީނުކުރަން މަޝްވަރާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އިންޑިއާގެ އެހީގައި އެޅި ޕޮލިސް އެކަޑަ...

16 Apr 2022 | 06:39

އައްޑޫ ޕޮލިސް ކޮލެޖްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ތަމްރީނުކުރަން މަޝްވަރާކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެހީގައި އެޅި ޕޮލިސް އެކަޑަމީ ހުޅުވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވުނު ކަރެކްޝަންސް އޮފިސަރުންގެ 25 ވަނަ ބޭސިކް ޓްރެއިނިން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަފުޅު ދައްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކަރެކްޝަން އޮފިސަރުން ތަމްރީނުކުރަން ރަނގަޅު ވަސީލަތްތައް ނެތުމާއެކު، އަލަށް ހުޅުވުނު ޕޮލިސް ކޮލެޖް އިން ކަރެކްޝަނަލް ސާވިސް އޮފިސަރުން ތަމްރީނުކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ކޮލެޖް ހިންގުމުގައި ކަރެކްޝަންގެ ބައިވެރިވުން އޮންނަކަމަށެވެ.

އެއާއެކު އެކަމުގައި އެންމެ ފުރިހަމަ ނިޒާމާއި ތަރުތީބުގެ ތެރެއިން ކަންކަން ކުރުމަށް ދޭން ޖެހޭ މަޝްވަރާ ކޮލެޖުގެ އިސްވެރިންނަށް އަރުވާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް