އިންޑިއާގެ ބިހާރް ސްޓޭޓްގެ ރޮހްޓަސް ޑިސްޓްރިކްޓުގައި އަޅާފައި އޮތް 60 ފޫޓުގެ ބްރިޖެއް ވަގަށް ނެގި ގޭންގެއް ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގަ ބިހާރު ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އެގޭ ތެރޭގައި އެ ސަރަހައްދުގެ ވޯޓާ ރިސޯސަސް ޑިޕާޓްމެންޓުގެ ސަބް ޑިވިޝަނަލް އޮފިސަރު ހިމެނެ އެވެ.
ފުލުހުން ބުނީ އެމީހުން އެ ބްރިޖު ނަގައިގެން ގެންދިޔައީ އާންމުންނަށް ސިއްރުން ނޫން ކަމަށެވެ. އެމީހުން ބްރިޖު ރޫޅާލައިގެން ގެންދިޔައީ ވޯޓާ ރިސޯސަސް ޑިމާޓްމެންޓުގެ އިތުރު މުވައްޒަފުންނާއި އެ ޑިސްޓްރިކްޓުގެ އާންމުންގެ އެހީތެރިކަމާއި އެކު އެމީހުން ވާނުވާގައި ބައިތިއްބައިގެން ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އާންމުންނާއި އެހެން މުވައްޒަފުން ބްރިޖު ރޫޅާލަން އެހީވިއިރު އެއީ ވައްކަމަކަށް އެހީތެރިވެދެނީކަމެއް އެމީހުންނަކަށް ނޭނގެ އެވެ. އެމީހުން ހީކުރީ ބްރިޖު ބޭނުން ނުކުރާތީ ސަރުކާރުގެ އެންގުމަށް ރޫޅާލަނީ ކަމަށެވެ.
އެމީހުން ބްރިޖު ރޫޅާލީ އާތްމޫވާ މެޝިނަކާއި ގޭސް ކަޓަރެއް ބޭނުންކޮށްގެންނެވެ. އަދި ބްރިޖުގެ ބައިތައް އުފުލީ މެދު ސައިޒުގެ ޕިކަޕެއްގައި ކަމަށްވެ އެވެ. މި މަސައްކަތް އެމީހުން ކުރީ ތިން ދުވަސް ތެރޭގައި އެވެ.
އެމީހުން މަސައްކަތް ކުރީ ބްރިޖުގެ ބައިތައް ވަކިކޮށް އޭގެ ދަގަނޑުތައް ވިއްކާށެވެ. ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން247 ކިލޯގެ ދަގަނޑާއި އެހެން ބައިތަކެއް ހޯދިފައިވާ ކަމަށެވެ.
ގިނަ ދުވަސް ވުމުން ރައްކާަތެރިކަމަށް ނުވާތީ އާންމުން މި ބްރިޖު ބޭނުން ނުކުރާތާ ދެތިން އަހަރު ވެއްޖެ އެވެ. ބްރިޖު ހެދީ 1972 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް