ސައުދީ ވަލީއަހުދާއި ޗައިނާގެ ރައީސް ގުޅުން ބަދަހި ކުރުމަށް ފޯނުން މަޝްވަރާ ކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ. މި ފޯނު ކޯލުގައި މައިގަ...

16 Apr 2022 | 05:28

ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.

މި ފޯނު ކޯލުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ ޗައިނީސް ސައުދީ ޖޮއިންޓް ކޮމިޓީގެ މަސައްކަތްތައް މުސްތަގުބަލުގައި ކުރިޔަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުންނެވެ.

މި ކޯލުގައި ދުނިޔޭގެ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރި އެވެ.

ރައީސް ޝީ ވަނީ ޔަމަނުގެ މަޝްރަހު ހަމައަކަށް އެޅުމުގައި ސައުދީން އަދާ ކުރި މުހިންމު ދައުރު ފާހަގަކޮށް ތައުރީފު ކޮށްފަ އެވެ.

ޗައިނާ އާއި ސައުދީގެ ގުޅުން އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުން އަންނަ އިރު މިދިޔަ މާޗް މަހު ވަނީ ތެލާއި ގުޅޭ ބިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް