ގާތް ގަނޑަކަށް 4.6 މިލިއަން އަކަފޫޓުގެ ތިލަފުށި މިހާރު އޮތް ވަރަށް ވުރެ ބޮޑުކުރުމުގެ ބިޔަ މަޝްރޫޢަށް ފަޅު ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ މި މަޝްރޫޢުގެ ދަށުން ތިލަފުށިން ގާތްގަނޑަކަށް 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ ކަމަށެވެ.
އެޗްޑީސީން ބުނީ އެ މަޝްރޫޢު ހަވާލުކުރާއިރު ކުންފުނީގެ މާލީ ފުދުންތެރިކަމާއި ޓެކްނިކަލް ގާބިލުކަމުގެ އިތުރުން މަޝްރޫޢު ނިންމަން ހޭދަވާ މުއްދަތަށް ބަލާނެ ކަމަށެވެ.
އަދި އަލަށް ހިއްކާ ސަރަހައްދުގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ކުދި ވިޔަފާރިތަކަށް ހާއްސަ ސަރަހައްދެއް ހިމެނޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އެޗްޑީސީން ބުނީ ތިލަފުށި ހިއްކުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެ މަސައްކަތައް އެދި ކުރިމަތިލެވޭނީ އަންނަ މެއި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލައް ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ ތިލަފުށިން ބިން ހިއްކުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޖަހާފައި ހުރި ބޮޑެތި ވެލި ފުނިތަކުން ވެލި ބޭނުންކުރާނެ ކަމަށާއި ހުޅުމާލޭ ފޭސް ދޭއްގައި އެކަނި ވެސް 500،000 ކިއުބިކް މީޓަރުގެ ވެލި އެބަ ހުރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް