ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއި ކުރަން ފަށައިފި

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރަން ފަށައިފި އެވެ. މިކަން...

16 Apr 2017 | 15:47

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއި ކުރަން ފަށައިފި އެވެ.

މިކަން ކުރިޔަށް ދަނީ އިންތިހާބާ ބެހޭ މައި މަރުކަޒު ބާ ޖަމާލުއްދީން ގައި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓުގައި ސޮއި ކުރުން  މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހު ނިޔަލަށް ކޮންމެ ދުވަހަކު 9:00 ން ރޭގަނޑު 10:00 ށް ކުރިޔަށް ދާނެ ކަމަށެވެ.

ވާދަ ކުރާ ކެންޑިޑޭޓު ފިޔަވާ އެހެން މީހަކު ލިސްޓުގައި ސޮއި ކުރާނަމަ ކެންޑިޑޭޓުގެ ސިޓީ އަކާއި ކެންޑިޑޭޓުގެ އައިޑީ ކާޑު ކޮޕީއެއް ގެންދަން ޖެހޭނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ ބޭފުޅަކު ނަމަ ޕާޓީގެ ފަރާތުން ސޮއި ކުރަން ދާ ފަރާތަކުންވެސް ކެންޑިޑޭޓުގެ ސިޓީ އާއި އައިޑީކާޑު ކޮޕީގެ އިތުރުން ޕާޓީގެ ތައްގަނޑުޖެހި ލިޔުމެއް ގެންދަން ޖެހެ އެވެ.

ކައުންސިލް އިންތިހާބު ބާއްވާ ތާރިހު ތިން ވަނަ  ފަހަރަށް ބަދަލުކޮށްފައިވާއިރު މިހާރު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި ހައެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް