ބެލެނިވެރިންނަށް ހާއްސަކޮށްގެން ޕްރޮފެސަރު ހަސަން އުގައިލް ގެ ހާއްސަ ލެޗްކާއެއް މިރޭ އޮންނާނެ އެވެ..
ކިންޑާ ޕްރީ ސްކޫލުން އިންތިޒާމްކޮށްގެން ބާއްވާ މި ބައްދަލުވުމުގައި ޕްރޮފެސަރު އުގައިލް ވާހަކަދައްކަވާނީ "ދިރާސާތަކުގެ އަލީގައި މި ޒަމާނުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތް" މި މައުލޫއަށެވެ.
ކިންޑާ ޕްރީ ސްކޫލުން ބުނީ މި ލެކްޗާގައި ތަފާތު ދިރާސާތަކުގެ އަލީގައި ކުދިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ހޯދާފައިވާ މައުލޫމާތު ބެލެނިވެރިންނާ ޕްރޮފެސަރު އުގައިލް ހިއްސާ ކުރައްވާނެ ކަމަށެވެ.
އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި ލެކްޗާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ން 10:30 އަށް ކަލާފާނު ސްކޫލްގައި އެވެ.
ކިންޑާ ޕްރީ ސްކޫލުން ބުނީ ވީހާވެސް ގިނަ ބަޔަކު މި ލެކްޗާގައި ބައިވެރިވުމަކީ އެ ސްކޫލްގެ އެދުމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް