ރައީސް އަބްދުﷲ ޔާމީން ރ. އަދި ބ. އަތޮޅަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކުރައްވައިފި އެވެ.
މި ދަތުރުފުޅުގައި ރައީސް ޔާމީން ފުރާވަޑައިގެންނަވަން ހަމަޖެހިފައި އޮތީ މާދަމާ އެވެ. ދަތުރުފުޅު ފަސްކުރެއްވި ސަބަބު ހާމަ ނުކުރާއިރު ފަސް ކުރެއްވީ ކުއްލި ގޮތަކަށް މިއަދު ކަމަށް މައުލޫމާތު ލިބެ އެވެ.
މިހާތަނަށްވެސް މި ދަތުރުފުޅާއި ގުޅޭގޮތުން ރައިސް އޮފީހުން ރަސްމީކޮށް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
އެކަން މިހާރު އެ ދެ އަތޮޅުގެ ކައުންސިލްތަކަށް ވަނީ އަންގާފައި އެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން އެ ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ގައި އެވެ.
ރައީސް ވަޑައިގެންނެވުމުގެ ކުރިން ކުރަންޖެހޭ ތައްޔާރީތަކަށް ހޯމް މިނިސްޓްރީގެ ޓީމެއް ވަނީ މިމަހުގެ ކުރީކޮޅު އޭދަފުށްޓައް ގޮސްފައި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ފެނާއި ނަރުދަމާގެ ހިދުމަތްތަކެއް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާނެ އެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު ރ. މީދޫ އާއި މަޑުއްވަރިއަށް ވަދައިގެންނަވަ އެވެ. އަދި ބ. އަތޮޅުގެ އޭދަފުއްޓާއި ތުޅާދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.
މިއީ ރާއީސް ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ބ. އަތޮޅަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް