ރ.މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެ މައްސަލައިގަ ހައްޔަރު ކުރީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ ޑިންގީއެެއްގައި އެރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި އިރު އޭނާ ލައިގެން ހުރި ގަމީހުގެ އަތުކުރީގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 12 ސެލޯފީން ކޮޅު ފެނިފައިވެ އެވެ. އަދި ހައްޔަރު ކުރަން އުޅުނު ވަގުތު އެއްޗެއް އެއްލާލުމުން އެއީ ކޯޗެއްތޯ ބެލި އިރު އެއީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ތިން ކަރުދާސް ގަނޑު ކަމަށް ފުލުހުން ބުނެ އެވެ.
ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ދީފައި އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް