ހުޅުމާލޭގައި ހިންގާ "ޑެލްރިއޯ" ކިޔާ ފިހާރައެއްގައި ރޯވި އަލިފާން ގަނޑު ނިއްވާލައިފި އެވެ.
އެމްއެންޑިއެފުން ބުނީ އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބުނީ މެންދުރު 12:15 ހާއިރު ކަމަށާއި ފަޔާ އެން ރެސްކިއު އާއި އާންމުންގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 1:30 ހާއިރު ކަމަށެވެ.
އެ ފިހާރައަކީ އަންނައުނު ވިއްކާ ފިހާރަ އެވެ. އެ ފިހާރަ ހުރީ ނެއިބަހުޑް އެކެއްގައި ހަދާފައިވާ ފިހާރަ ބަރީގެ ފުރަތަމަ ބްލޮކުގައި އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން އާދަމް ދުވަހަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ފިހާރައިގަ ރޯވުމުގެ ސަބަބުން އެތަނުގައި ހުރި މުދަލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހެދުންތަކަކާއި ބޫޓުތަކެއްގައި ރޯވެ އަނދާފައިވާ ކަމަށެވެ.
އެކަމަކު ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ. އަދުނާން ވިދާޅުވީ ފިހާރައިގަ އަލިފާން ރޯވާން ޖެހުނު ސަބަބު ހޯދަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް