އިންޑިއާއިން ސްނެޕްޗެޓް ބޮއިކޮޓް ކުރުމަށް ގޮވާލައިފި

އިންޑިއާއިން ސްނެޕްޗެޓް ބޮއިކޮޓް ކުރުމަށްސޯޝަލް މީޑިއާގައި ގޮވާލައިފި އެވެ. އިންޑިއާއިން މިހެން ގޮވާލައިފައިވަނީ ސްނެޕްޗެޓް ގެ ސީއީއޯ އީވަން ނޫހަކަށް ދީފައިވާ ކޮމެންޓަކާއި ގުޅިގެން ނެވެ. އެ ނޫހުގައި ވ...

16 Apr 2017 | 05:38

އިންޑިއާއިން ސްނެޕްޗެޓް ބޮއިކޮޓް ކުރުމަށްސޯޝަލް މީޑިއާގައި ގޮވާލައިފި އެވެ.

އިންޑިއާއިން މިހެން ގޮވާލައިފައިވަނީ ސްނެޕްޗެޓް ގެ ސީއީއޯ އީވަން ނޫހަކަށް ދީފައިވާ ކޮމެންޓަކާއި ގުޅިގެން ނެވެ. އެ ނޫހުގައި ވަނީ އޭނާ އާއި ދެކޮޅަށް ސްނެޕްޗެޓްގެ ކުރީގެ މުވައްޒަފަކު ކޮށްފައިވާ ދައުވާ އަކާ ގުޅިގެން ލިޔެފައިވާ ލިޔުމެކެވެ.

އެ ލިޔުމުގައި އީވާން ވަނީ އޭނާގެ ފޮޓޯއާއި ވީޑިޔޯ ޝެއަ ކުރާ އެޕަކީ (ސްނެޕްޗެޓް އަކީ) އިންޑިއާ ކަހަލަ ފަގީރު ގައުމަތަކަށް ހަދާފައިވާ އެޕެއް ނޫންކަމަށް ބުނެފަ އެވެ.

މި ލިޔުން ވެގެންދިޔައީ އޭނާ އަށް އިންޑިއާ މީހުންގެ ފަރާތުން ފާޑު ކިޔުންތައް ރައްދުވެގެން ދިޔަ ކަމެކެވެ. އޭނާ އާއި ބެހޭގޮތުން ސޯޝަލް މީޑިޔާގެ އެކި ޕްލެޓް ފޯމުތަކުގައި އިންޑިއާގެ މީހުން ދަނީ އޭނާ އަށް ފާޑުކިޔަމުން ނެވެ.

https://twitter.com/viner_aniket/status/853315674625765376

އެގޮތުން އިންޑިއާގެ ޓްވިޓާގައި އުޅޭ ގިނަ ފަރާތްތަކުން ވަނީ  ހޭޝްޓެގް ތައް ބޭނުން ކުރަން ފަށާފަ އެވެ. އަދި މީގެ އިތުން އެޕްގެ ކޮމެންޓު ތަކުގައިވެސް އެމީހުން ވަނީ ފާޑު ކިޔާފަ އެވެ.

https://twitter.com/Devanparab/status/853309469547278336

މި ހޭޝްޓެގް ތައް އާއްމުވުމާއެކު މިއަދު ސްނެޕް ޗެޓުން ވަނީ އެއަށް ޖަވާބުދީފަ އެވެ. ސްނެޕްޗެޓުން ބެނެފައިވަނީ އެމީހުންގެ އެޕްލިކޭޝަން އަކީ މުޅި ދުނިޔެއަށް ހުލުވާލައިފައި އިން އެޕެއްކަމަށާއި ކޮންމެ ޤައުމަކުން ވެސް މި އެޕް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް