ތޮއްޔިބް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ތޮއްޔިބް ޝަހީމް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި އެވެ. ތޮއްޔިބުގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު މިއަދު މީޑިއާގައި ވިދާޅުވީ ހައިކޯޓަށް ހުށަހެޅި އިސްތިއު...

16 Apr 2017 | 05:23

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ތޮއްޔިބް ޝަހީމް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި އެވެ.

ތޮއްޔިބުގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރު މިއަދު މީޑިއާގައި ވިދާޅުވީ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގަ މިއަދު އޭނާ ދޫކޮށްލީ ޝަރުތުތަކަކާއި އެކު ކަމަށެވެ.

އޭނާއަށް ހައިކޯޓުން ކޮށްފައިވާ ޝަރުތުތަކަކީ ފުލުހުންނަށް އެއްބާރުލުން ދިނުމާއި، ދަުއލަތް ބަދުނާމު ވާގޮތަށް ވާހަކަ ނުދެއްކުމެވެ. އަދި ރަށުން ބޭރަށް ދިއުން ވަނީ މަނާކޮށްފައި އެވެ.

ތޮއްޔިބު ބަންދު ކުރި ފަހުން މިހާތަނަށް ތިން ފަހަރެއްގެ މަތިން ވަނީ މުއްދަތު ޖަހާފައި އެވެ. އޭނާ ހައްޔަރު ކުރީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ބުނެ އެވެ.

ތޮއްޔިބު ހައްޔަރު ކުރީ ނުހައްގުން ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ އޭނާ ދޫކޮށްލުމަށް ކުރިން ގޮވާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް