މިރޭގެ މޯލްޑިވިއަން އައިޑޮލް؛ އައްމަޑޭ ޝޯ "ފަޅާލީ"، ވަކިވީ ނަބީލް!

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ ފަހެއްގައި ނުހިމެނި އަޙްމަދު ނަބީލް މުޙައްމަދު މުބާރާތުން ވަކިވާން ޖެހިއްޖެ އެވެ. ގަދަ ހަ ބައިވެރިންގެ ފަންކް ސްޓައިލްގެ ލަވަތަކެއް ފެނިގެންދިޔަ މިރޭގެ އައިޑޮލ...

15 Apr 2017 | 20:12

މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގަދަ ފަހެއްގައި ނުހިމެނި އަޙްމަދު ނަބީލް މުޙައްމަދު މުބާރާތުން ވަކިވާން ޖެހިއްޖެ އެވެ.

ގަދަ ހަ ބައިވެރިންގެ ފަންކް ސްޓައިލްގެ ލަވަތަކެއް ފެނިގެންދިޔަ މިރޭގެ އައިޑޮލް ޝޯގައި އެންމެ ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވީ އައިޑޮލް ސީޒަން އެކެއް "ފަޅާލީ"، ޖަޖެއްކަމަށްވާ އަހްމަދު އިބްރާހިމް (އައްމަޑޭ) ޝޯ އާއި ގުޅިގެން ދިއުމުންނެވެ.

އައްމަޑޭ މިރޭގެ ޖަޖުންގެ ޕެނަލްއާއި ގުޅިފައިވަނީ ރޭގެ ޝޯގައި ސީޒަން ދޭއްގެ ޖަޖު އާފްއާން، ގަދަ ހައެއްގައި ހިމެނޭ ބައިވެރިންގެ ހުށަހެޅުންތަކުގެ ފެންވަރު ދަށް ކަމަށް ބުނެ ޝޯ ދޫކޮށްފައި ގޮސްފައިވަނިކޮށެވެ.

ޖަޖުންގެ ޕެނަލްއާއި އައްމަޑޭ މިރޭ ގުޅިގެންދިޔައިރު އައިޑޮލްގެ ފޯރި އެންމެ ގަދައަށް ހިނގާ ޓްވިޓާގައި ގިނަބަޔަކު މިކަމާއި އުފާކުރިއިރު، އަނެއް ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި ޖަޖު އައްފާން އަނބުރާ ޕެނަލްއަށް ގެނައުމަށްވެސް ގޮވާލިއެވެ. މިރޭގެ ޝޯގައި އަފްއާން ފެނިގެން ގޮސްފައި ނުވާއިރު އައްފާން ޖަޖުންގެ ޕެނަލްއާއި އަލުން ގުޅޭނެކަމެއް ނުވަތަ ނޫންކަމެއް ކަށަވަރުވެފައެއް ނުވެއެވެ.

މަޝްޙޫރު ގިނަ ދިވެހި ފަންކް ސްޓައިލްގެ ލަވަތަކަކާއެކު މިރޭގެ ޝޯވގައި ބައިވެރިންގެ ފަރާތުން ވަރަށް ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދިއެވެ. އަދި އައްމަޑޭވެސް ވަނީ ގަދަ ހަ ބައިވެރިންނާއެކު ލަވައެއް ހުށަހާޅާދީފައެވެ.

މިރޭގެ ޝޯ އަށްފަހު ގަދަ ފަހެއްގައި ވާދަކުރާނެ ބައިވެރިންނަކީ ޝަމްވީލް މުޙައްމަދު، ޢިބްރާހީމް ވަޙީދު، މުޙައްމަދު ތަސްނީމް، ޙަމޫދު އަޙްމަދު، ޢަބްދުﷲ ހިޝާން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް