ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަޖެއްސުމުގެ ޕްރޮގްރާމް ދެ މަސްތެރޭ ފެށޭވަރު ވާނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒުހޫރު ވިދާޅުވީ، މި މަސައްކަތް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ކުރިޔަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ގެންދަނީ ޑޭޓާ ބޭސްއެއް ގާއިމުކުުރުމުގެ މަސައްކަތް ކަމަށެވެ. ޑޭޓާބޭސް ގާއިމު ކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލެވި، ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެ އާއިލާއަކަށް ޑޮކްޓަރަކު ޕްރޮގްރާމް ފެށިގެންދާނެ ކަމަށް ޒުހޫރު ވިދާޅުވިއެވެ.
" މިހާރު ކުރިއަށް މިދަނީ ޑޭޓާ ބޭސް އެއް ގާއިމުކުުރުމުގެ މަސައްކަތް. އެ މަސައްކަތް އެއް މަސްތެރޭ ނިމޭނެ،" ޒުހޫރު ވިދާޅުވިއެވެ.
މީގެ ކުރިން ހެލްތް މިނިސްޓްރީން ވަނީ ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ޕްރޮގްރާމްގައި ރެޖިސްޓްރީކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފަ އެވެ. އެގޮތުން ވިލިމާލޭގައި ރެޖިސްޓްރީ ކުރުން ކުރިޔަށް ގެންދިޔަ އިރު އެދެވޭ ތަރުހީބެއް ލިބިފައި ނުވާކަމަށް އޭރު ހެލްތް މިނިސްޓްރީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް