މިއަހަރުގެ މިހާތަނަށް 79 ރަށެއް ފެނަށް ޖެހިގެން ރިޕޯޓުކޮށްފި: ޑިޒާސްޓާ

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ 79 ރަށެއްގެ ރައްޔިތުން ބޯފެނަށް ޖެހިގެން އަންގާފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ. އެ ސެންޓަރުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ...

16 Apr 2015 | 14:52

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ 79 ރަށެއްގެ ރައްޔިތުން ބޯފެނަށް ޖެހިގެން އަންގާފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ތަސްނީމު ވިދާޅުވީ ފެން ފޯރުކޮށްދޭން އެދުނު ރަށްތަކުގެ ތެރެއިން 49 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރެއިން 39 ރަށަކީ މިދޔަ އަހަރުވެސް ފެނަށް ޖެހުނު ރަށްތަކެއްކަމަށެވެ.

އޭނާ ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ފެނަށް ޖެހުނު ގިނަ ރަށްތަކަކީ މާލޭން އުތުރުގެ ރަށްތަކެވެ. އެގޮތުން ފެން ފޯރުކޮށްދީފައިވާ 49 ރަށުގެ ތެރެއިން 42 ރަށަކީ އުތުރުގެ ރަށްތަކެވެ.

ދެކުނުގެ ރަށްތަކުގެ ތެރެއިން ފެނަށް ޖެހިގެން ރިޕޯޓުކޮށްފައިވަނީ 37 ރަށަކުންނެވެ.

ތަކުރާރުކޮށް އެއް ރަށްތަކަކަުން ކޮންމެ އަހަރަކުވެސް ފެން ހުސްވެ، ފެނަށް ޖެހެމުންދާތީ ޑިޒާސްޓާއިން ވަނީ ފެން އިސްރާފު ނުކޮށް ގެންގުޅުމަށް އިލްތިމާސްކޮށްފަ އެވެ.

އެ ސެންޓަރުން ބުނީ މިއަހަރު ފެން ފޯރުކޮށްދީފައިވާ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް 352،005 ރުފިޔާ ހަރަދުވެފައިވާކަމަށެވެ. އެހެން ކަމުން މުޅި އަހަރު ދުވަހު އެކަމަށް ފަސް މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް