ށ. ފުނަދޫ ހޮސްޕިޓަލުގައި ފެން އުފައްދާ ޕްލާންޓެއް ބަހައްޓަން ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތުގައި އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ހެލްތް މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވީ ފުނަދޫ ހޮސްޕިޓަލުގައި ބަހައްޓަން ހަމަޖެހިފައިވަނީ ދުވާލަކު 15 ޓަނުގެ ފެން އުފެއްދޭވަރުގެ ޕްލާންޓެއް ކަމަށެވެ.
އެއްބަސްވުމުގައި ވާގޮތުން ކުރިޔަށް އޮތް ތިން މަސްތެރޭ އެ މަސައްކަތް ނިންމަން ޖެހެ އެވެ. އެ މަސައްކަތަށް ސަރުކާރުން އެއް މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވެ އެވެ.
އެގޮތުން އެ މަސައްކަތް ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 99،290.80ރ. އަށް ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް