ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން މާނާވެއްޖެ

ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން ހައުސިން މިނިސްޓްރީން މަނާކޮށްފި އެވެ. އެކަން މަނާކޮށް ހައުސިންގ މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ބޯޑެއް ހަރުކޮށްފަ އެވެ. ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ...

16 Apr 2015 | 08:09

ޖުމްހޫރީ މައިދާނުގައި ކޮތަރަށް ކާންދިނުން ހައުސިން މިނިސްޓްރީން މަނާކޮށްފި އެވެ.

އެކަން މަނާކޮށް ހައުސިންގ މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި ބޯޑެއް ހަރުކޮށްފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެތަނުގައި ދޫންޏަށް ކާން ދިނުން މަނާކުރީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން އެތަނުގައި އާ ވިނަ އިންދާފައި ވާތީ އެ ވިނަތައް ހަލާކުވިޔަ ނުދިނުމަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޖުމްހޫރީ މައިދާނުގައި ދޫންޏަށް ކާންދިނުން މަނާކުރީ ދާއިމީކޮށެވެ. ދާއިމީކޮށް މަނާކުރީ ކޮތަރުތަކަށް ކާންދިނުމުގެ ސަބަބުން އެ ސަރަހައްދަށް ކޮތަރު އިތުރުވެ އިމާރާތްތައް ހަޑިވަމުން ވެސް ދާތީކަމަށެވެ.

ޖުމްހޫރީ މައިދާނުގައި އާ ވިނަ އިންދުމުގެ އިތުރުން ހުޅަނގު ފަރާތުގައި އާ ފެންއަރުވާ ވަޑާމެއް ހެދުމުގެ މަސައްކަތް ވެސް، މިނިވަން 50 އާ ގުޅިގެން މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް