އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ސަމާހުވެސް މަރުވެއްޖެ

މި މަހުގެ 11 ވަަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ ފޭދޫގައި ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ވެގެން، އިންޑިއާ އަށް ގެންދިޔަ ސ. ހިތަދޫ ފަސްމާ އަހުމަދު ސައްމާހު، ހޭނާރައި އޮވެ ރޭ މަރުވެއްޖެ އ...

16 Apr 2015 | 04:52

މި މަހުގެ 11 ވަަނަ ދުވަހުގެ ރޭ އައްޑޫ ސިޓީ ފޭދޫގައި ހިނގި އެކްސިޑެންޓްގައި ބޮލަށް ސީރިއަސް އަނިޔާތަކެއް ވެގެން، އިންޑިއާ އަށް ގެންދިޔަ ސ. ހިތަދޫ ފަސްމާ އަހުމަދު ސައްމާހު، ހޭނާރައި އޮވެ ރޭ މަރުވެއްޖެ އެވެ.

އޭނާ މަރުވީ އިންޑިއާގެ ޓްރިވެންޑްރަމްގެ އާނަންތަޕޫރީ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ. ސައްމާހުގެ ބޯ ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވެ އެވެ.

ސައްމާހް، 20، އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު މިމަހުގެ 12 ވަނަ ދުވަހު އެވެ.

ސައްމާހުއާ އެކު ފޭދޫ ބޮޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ހިތަދޫ ޗަރުކޭސީގޭ މަމްދޫން އަހުމަދު އަލިދީދީ 22، އަށް ފަރުވާ ދެމުން އަންނަނިކޮށް އެކްސިޑެންޓް ހިނގި ރޭ ވަނީ މަރުވެފަ އެވެ.

އެ ދެ މީހުން އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ދުއްވާފައި ގޮސް، ކާރެއްގެ ކުރިއަށް އަރަން އުޅެނިކޮށް ކޮންޓްރޯލް ނުވެ ފާރެއްގައި ޖެހިގެންނެވެ.

މިއީ ވޭތުވެދިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކާއި ގުޅިގެން މަރުވި ތިންވަނަ މީހާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް