ލަންކާގެ ގޭންގްސްޓާރެއް ކަމުގައިވާ ގަނެމުއްލާ ސަންޖީވާ މަރާލި ކަމުގެ ތުހުމަތު ކުރެވޭ އިޝާރާ ސެއްވާންދީ ފިލައިގެން ރާއްޖެ އައިސްފައިވާކަމަށް ލަންކާ ނޫސްތަކުން ބުނެފިއެވެ.
ލަންކާގެ ބައެއް ނޫސްތައް ކަމުގައިވާ ލަންކާ މިރާ، ސަންޑޭ ޑިވައިނާއިން ރިޕޯޓްކޮށްފައިވާގޮތުގައި އިޝާރާ ރާއްޖެ އައިސްފައިވަނީ ކަނޑުމަގުންނެވެ. އަދި އެކަމަށް އެހީތެރިކަން ފޯރުކޮށްދިނީ ބައިނަލްއަގުވާމީ އަންޑަވޯލްޑް ނެޓުވޯކަކުން ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ގަނެމުއްލާގެ ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ ކޯޓު ރޫމުގެ ތެރޭގައެވެ. ތުހުމަތު ކުރެވޭ އިޝާރާ ހޯދަން ލަންކާގެ ފުލުހުން އިޝާރާގެ ބޮލަށް ބޮޑު ފައިސާގެ އިނާމެއްވެސް ހުށަހެޅިއެވެ.
ނަމަވެސް އިޝާރާ އަތުލައިގަތުމުގެ ކުރިން ފިލައިގެން ރާއްޖެ ގޮސްފައިވާކަމަށް ލަންކާގެ ނޫސްތަކުން މިއަދު ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް