ތޫނު އެއްޗެއް ހިފައިގެން އާންމުންނަށް ބިރުދައްކައި އަދި ފުލުހަކާއިމެދު މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ވ. ރަކީދޫ، ވިލާ ޑެ ލައިޓް، އުމުރުން 28 އަހަރުގެ އިބްރާހިމް ނާއިލް އެވެ.
ފުލުހުން ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މާލެ، ހެދިގޮނޑުދޮށް ސަރަހައްދުންނެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ބަންދު އަމުރުގައި ބުނެފައިވާގޮތުގައި ޑިއުޓީގައި ހުރި ފުލުހަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދައްކައި އިންޒާރު ދީފައިވެއެވެ.
އޭނާއަކީ ގިނަ އަދަދެއްގެ މާރާމާރީއާއި އެކި ކުށްތަކުގެ ރެކޯޑުތައް ހުރި ފަރާތެއް ކަމާއި މީގެ ކުރިންވެސް ޑިއުޓީގައި ހުރި ފުލުހަކަށް އަނިޔާ ކުރުމުގެ ތުހުމަތެއް ކުރެވިފައިވާ ފަރާތެއް ކަމަށްވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް