މާލޭ ސިޓީ ކައުންސިލުގައި ޑެޕިއުޓީ މޭޔަރު ކަމުގެ މަޤާމުގައި ހުންނެވުމަށްފަހު އެ ކައުންސިލު މެންބަރުކަމުން އިސްތިއުފާ ދެއްވި އަހްމަދު ނަރީޝް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ އެޑްވައިޒަރުގެ މަޤާމަށް އައްޔަން ކުރައްވައިފިއެވެ.
އެ މަޤާމަށް ނަރީޝް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ ފެންވަރުގައެވެ. މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 66،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
އެ މަޤާމަށް ނަރީޝް އައްޔަންކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ މެންބަރުކަމުން އިސްތިޢުފާ ދެއްވައި ފޮނުއްވި ސިޓީގައި، އިސްތިޢުފާގެ ސަބަބެއްކަމުގައި ބަޔާންކުރައްވާފައިވަނީ ރައްޔިތުންނށް އެހެން ހައިސިއްޔަތަކުން ޚިދުމަތް ކުރައްވަން ފުރުޞަތު ލިބިވަޑައިގަތުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް