ގައުމީ ދިފާއީބާރުގެ ވައިގެ ފައުޖު (އެމްއެންޑީއެފް އެއަރ ކޮޕްސް) އިފްތިތާހް ކުރުމުން ކުރީގެ ރައީސް، ރައީސް މަޢުމޫން އަބްދުލްޤައްޔޫމް ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ތަހުނިޔާ ދަންނަވައިފިއެވެ.
ރައީސް މަޢުމޫން ރައީސް މުއިއްޒަށް ތަހުނިޔާ ދަންނަވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް މަޢުމޫން ވިދާޅުވެފައިވަނީ އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙުކުރުމުގެ ތާރީޚީމުނާސަބަތުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިސިފައިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާދަންނަވާކަމަށެވެ.
ރޭގައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު ވަނީ އެމްއެންޑީއެފްގެ ވައިގެ ފައުޖު، އެއާ ކޯ އިފްތިތާހްކޮށްދެއްވައި، "އަންމޭން އޭރިއަލް ވެހިކަލް (ޔޫއޭވީ)" ގެ ހިދުމަތް ތައާރަފްކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް