ބާޒާރުގައި ކަރާ އަދި މިރުހުގެ އަގު ދަށްވެއްޖެ

ރަމަޟާން މަހު ވިޔަފާރި އެންމެ ތިޔާގި އަދި އަގަށް އެންމެ ގިނައިން ބަދަލު އަންނަ ދެ ބާވަތް ކަމުގައިވާ ކަރާ އަދި މިރުހުގެ އަގު ބާޒާރުގައި ދަށް ވެއްޖެއެވެ. އެގޮތުން މި ރަމަޟާން މަސް ފެށުނު އިރު ކަރާ ކިލޯއ...

16 Mar 2024 | 08:51

ރަމަޟާން މަހު ވިޔަފާރި އެންމެ ތިޔާގި އަދި އަގަށް އެންމެ ގިނައިން ބަދަލު އަންނަ ދެ ބާވަތް ކަމުގައިވާ ކަރާ އަދި މިރުހުގެ އަގު ބާޒާރުގައި ދަށް ވެއްޖެއެވެ.

އެގޮތުން މި ރަމަޟާން މަސް ފެށުނު އިރު ކަރާ ކިލޯއެއް 20 އަށް ހުރިއިރު ބާޒާރުގެ ގިނަ ގޮޅިތަކުން މިއަދު ކަރާ ކިލޯއެއް 18 އަށް ލިބެއެވެ. ބައެއް ގޮޅިތަކުން 17 އަށްވެސް ލިބެއެވެ.

މިރުހުގެ އަގަށް ބަލާލާއިރު މި ރަމަޟާން މަސް ފެށުނު އިރު ކަނޑޫދޫ އަދި ލާމު މިރުސްވެސް ވިއްކަމުންދިޔައީ 100 ގްރާމް 70 އާއި 80 ރުފިޔާގެ މަގުންނެވެ. އެހެންނަމަވެސް މިއަދު ބާޒާރުން ލާމު އަދި ކަނޑޫދޫ މިރުސް 100 ގްރާމް ގިނަ ގޮޅިތަކުން 65 އަށް ލިބެއެވެ. މީގެ ސަބަބެއް ކަމަށް ގޮޅިވެރިން ބުނަނީ ޔުގަންޑާ މިރުސް ބާޒާރުގައި ތިޔާގިވުމެވެ. ޔުގަންޑާ މިރުސް 100 ގްރާމް 25 ރުފިޔާއަށް ލިބެން ހުއްޓެވެ.

ކަރާ އަދި މިރުހުގެ އަގު ދަށްވިއިރު ކުރުނބާގެ އަގު ވަނީ އުފުލިފައެވެ. މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ބާޒާރުން ކުރުނބާ ފުޅިއެއް 120 އަށް ލިބުނު ނަމަވެސް މިއަދު ލިބެން ހުރީ 150 އަށެވެ. ވަކިން ކުރުނބައެއް ކުރިން 30، 35 އަށް ލިބުނު ނަމަވެސް މިއަދު ވަކިން ކުރުނބައެއް ލިބެނީ 40، 45 ރުފިޔާގެ މަގުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް