ސެން ޓީޗަރުންނަށް ރިސްކް އެލަވަން ނުވަތަ އިތުރު އިނާޔަތެއް ލިބޭނެ ގޮތް ހަމަޖައްސަދޭނަން: ރައީސް މުއިއްޒު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ، ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ އިތުރު ހާއްސަ އިނާޔަތެއް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ...

16 Mar 2024 | 06:20

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ، ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ އިތުރު ހާއްސަ އިނާޔަތެއް ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ސެގްމެންޓްގައި ސެން ޓީޗަރަކު ހިއްސާކުރި ކަންބޮޑުވުމަކަށް ދެއްވި ޖަވާބުގައެވެ.

މ. މުލަކު ސްކޫލުގެ ސެން ޓީޗަރަކު ރައީސަށް ހިއްސާކުރި ކަންބޮޑުވުމުގައި ބުނެފައިވަނީ އެ ދާއިރާއަށް، ސެން ކިޔަވައިގެން ތިބޭ ޓީޗަރުން ލިބޭލެއް ވަރަށް މަދު ކަމަށާއި އިއުލާނުކޮށްގެންވެސް ލިބުން ދަތި ކަމަށެވެ. އެހެންނަމަވެސް ކުދިންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ.

"ސެން ޓީޗަރުންނަށް ކުރިން ދެއްވަމުން ދިޔަ ރިސްކު އެލަވަންސް ލިބޭނެ ގޮތް ހައްދަވައިދެއްވުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް" އެ ޓީޗަރު ބުނެފައިވެއެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ  ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށާއި މި އަހަރުގެ މެދުތެރޭގަ އެ ދާއިރާ އަދި އެހެން ދާއިރާތަކުންވެސް، ޓީޗަރުން މަދުކޮށް ތިބި ދާއިރާތަކުގެ ޓީޗަރުން ހޯދުމުގެ މަސައްކަތް އަދި ތަމްރީނު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އަދި އެއަށްވުރެ ކުރިންވެސް މިހާރުން މިހާރަށްވެސް އެ ދާއިރާގެ ޓީޗަރުން ލިބެންހުރި ވަރެއް ބަލާ ޓީޗަރުން އިތުރު ކުރުމުގެ މަސައްކަތް ކުރާނަން

ރައީސް ވިދާޅުވީ ރިސްކް އެލަވަންސް އަށް ބަދަލު އައީ މިދިޔަ ސަރުކާރުން ފެށިގެން މި އަމަލުކުރަމުންދާ ޕޭ ފްރޭމްވާކްގެ ސަބަބުން ކަމަށާއި ސެން ޓީޗަރުންނަށް ރިސްކް އެލަވަންސްއެއް ނޫނިއްޔާ ހާއްސަ އިތުރު އިނާޔަތެއް ފައިސާގެ އިނާޔަތެއް ލިބޭނެ ގޮތް މި ސަރުކާރުން ހަމަޖައްސައިދެއްވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް