ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތް "އެއާ ކޮޕްސް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހްކޮށްދެއްވައިފިއެވެ.
ރައީސް މި ހިދުމަތް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއާ ކޮޕްސްގެ ދިދަ އެ ހިދުމަތުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަބްދުލްރައޫފަށް އަރުވާފައެވެ.
މި ރަސްމިއްޔާތުގައި މި ހިދުމަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަފުޅުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެމްއެންޑީއެފްގެ ކޮމްބެޓް އެންޑް މެނޫވާ ފޯހެއްގެ ގޮތުގައި އެއާ ކޮޕްސް އުފެދިގެން މިދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކަމަށް ދެއްވާ ހާއްސަ އިސްކަމެއްގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ.
މި ހިދުމަތާއެކު އަންމޭނ އޭރިއަލް ވެހިކަލް (ޔޫއޭވީ) ވެސް ތައާރަފްކުރެވިގެންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އަސްކަރިއްޔާގެ ތެރޭގައި ވައިގެ ހިދުމަތުގެ ތާރީހެއް އޮތް ނަމަވެސް ގިނަ ދުވަސްތަކުގައި އެ ހިދުމަތް ދެމުންދިޔައީ ބޭރުގެ ފަރާތްތަކަށް ބަރޯސާ ވެގެން ކަމަށެވެ.
" މިގޮތުން ބަދަލު ކުރުމުގެ ސިޔާސަތުތަކާއެކު ވަޑައިގެން ދިވެހި ގައުމުގެ ދިފާއުގައި ދިވެހި އަމިއްލަ ފައިމައްޗަށް ތެދުވާންޖެހޭ ކަމަށް ވިދާޅުވެ ދިވެހި އަސްކަރިއްޔާގައި އެއާ ކޯ އުފެއްދުމުގެ އެންމެ އިސް މޭސްތިރިޔަކީ ކޮމާންޑަރ އިން ޗީފް" ރައީސުލްޖުމްހޫރިއްޔާ އަށް އިޝާރާތްކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއީ ގައުމީ ސަލާމަތަށް ލިބިގެންދާ ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެއް ކަމަށާއި ގައުމުގެ ދިފާއުގައި ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހޯއްދަވާ ދެއްވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަޔަށް ހިފައިންގެ ރާއްޖޭގެ މިނިވަންކަމާ ސިޔާސަތާ އިސްތިގުލާލު ރައްކާތެރި ކުރުމާ މާތްވެގެންވާ އިސްލާމްދީނާ ދިވެހި ގައުމާ ރައްޔިތުންގެ ދިފާއުގައި ކޮންމެ ސިފައިންގެ މިހަކުވެސް އެއްވެސް ފަސް ޖެހުމެއްނެތި ސާބިތުކަމާއެކު ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ކޮމާންޑަރ އިން ޗީފަށާ ދިފާއީ ވަޒީރަށާ ރައްޔިތުންނަށް އަރުވާކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދާ ދިވެހިންގެ އިގްތިސޯދީ ލޭނާރާ ގުޅިފައިވާ ކަނޑުފަޅުތަކާ އެ ކަނޑުފަޅުތަކުން ނަފާ ހޯދައިގެން ދިރިއުޅެމުންދާ އަބުރުވެރި ހިންމަތްތެރި ދަރީންގެ ސަލާމަތާ ރައްކާތެރިކަން އެމްއެންޑީއެފް އެއާ ކޯގެ ހިދުމަތާއެކު ބޮޑުތަނުން ކަށަވަރުވެގެންދާނެ ކަމަށާއި ރެއާދުވާލު ހުއްޓުމެއްނެތި ރާއްޖެ ބެލެހެއްޓުމުގެ ގާބިލުކަން ސިފައިންނަށް ލިބިގެންދިޔުމަކީ ކާބަފައިން ލެޔާއި ފުރާނައިން ވެވަޑައިގެންނެވި ގުރުބާނީގެ ހައްގުގައިވެސް އެޅިގެންދިޔަ ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. އަދި މިނިވަންކަމުގެ ރަމްޒުކަމުގައިވާ ރަތާ ފެއްސާ ހުދުގެ އައުދާނަ ދިދަޔަށް މިނިވަންކަމާއެކު ވިހުރިލާންލިބޭ ހިތްވަރާއި ބާރެއް ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް އިތުރަށް ވިދާޅުވީ މިއީ ދިވެހިންނަށް ދިވެހީންގެ މިނިވަންކަމާ ސިޔާދަތު ދެމެހެއްޓޭނެކަމާ އެ ގާބިލުކަން ދިވެހިންނާ ދިވެހި އަސްކަރިއްޔާގައި އެބަހުރިކަން އެނގި ހާމަވެގެންދާނޭ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް