ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން އެދާއިރާ ގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށްދޭ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2023" އަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިއީ ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ތަޢާރަފް ކޮށްފައިވާ އެވޯޑެކެވެ.
ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްދޭ ޕްރިންސެސް ސްރީނަގަރިންދްރާ އެވޯޑަކީ، ހާ ރޯޔަލް ހައިނެސް ޕްރިންސެސް ސްރިންގަރިންދްރާ މަހިޑޯލްގެ ޝަރަފުގައި އަދި އެ ދާއިރާއިން ކުރިއެރުމާއި ކުރިއެރުމަށް އޭނާ ކޮށްދެއްވި ނަމޫނާ ޙިއްޞާގެ އަގު ވަޒަން ކުރުމުގެ ގޮތުން އުފައްދާ ފައިވާ އެވޯޑެކެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ކުރެމަށް ފަހު 30 އޭޕްރިލްގެ 12:00ގެ ކުރިން އެ މިނިސްޓްރީވެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން އަށް އެޑްރެސްކޮށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ ([email protected]) އަށް އީމެއިލް މެދުވެރި ކޮށްވެސް ފޯމު ހުށަހެޅިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް